ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފެލެޓެއްގައި ރޭ މާރާމާރީ ހިންގީ އާއިލީ މައްސަލައެއްގެ ތެރެއިން ކަމަށް ފުލުހުން ބުނެފިއެވެ.
ރޭ އެޗް6ގެ އެޕާޓްމަންޓެއްގައި، މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާކަމުގެ ރިޕޯޓު ލިބުނު ކަމަށް ފުލުހުން ކުރިން ބުންޏެވެ. މި މައްސަލައިގައި އަނިޔާ ލިބުނު ދިވެހި ފިރިހެނަކަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ވެސް ދިނެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައިގައި ރޭ، އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އަނިޔާ ލިބުނު 22 އަހަރުގެ މީހާ އަށް ހޮސްޕިޓަލުގައި އަދިވެސް ފަރުވާ ދެމުން އަންނަ ކަމަށެވެ.
”އޭނާއަށް ހަމަލާ ދީފައިވަނީ އާއިލާ ތެރޭގައި ޖެހުނު މައްސަލައެއްގައިކަން، މިހައިތަނަށް ބެލި ބެލުމުން އެނގިފައިވޭ. މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުން.“ ފުލުހުން ބުނެފައިވެއެވެ.
ފަހަކަށް އައިސް މާރާމާރީގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ.

