މާދަމާ އިސްލާމީ މަރުކަޒުގައި އިމާމުވެ، ހުކުރު ނަމާދު ކުރައްވާނީ ފިރުޒުލް
މާދަމާ އިސްލާމީ މަރުކަޒުގައި އިމާމުވެ، ހުކުރު ނަމާދު ކުރައްވާނީ ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޮރ ޕަބްލިކް ޕޮލިސީ، މުޙައްމަދު ފިރުޒުލް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ މާދަމާ މަސްޖިދުއް ސުލްތާން މުހައްމަދު ތަކުރުފާނުން އައުޒަމްގައި ހުކުރު ކުރައްވާނީ ފިރުޒުލް ކަމަށެވެ.
މާދަމާގެ ހުކުރު ޚުޠުބާ އަލިއަޅުވައިލާނީ، މިނިސްޓްރީން ބުނި ގޮތުގައި، އިންސާނީ ޙަޔާތުގައި ޞައްޙަ އަޤީދާގެ މުހިންމުކަމުގެ މައްޗަށެވެ.

މީގެ ކުރިން ވެސް މިސްކިތްތަކުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވައިފައިވާ ފިރުޒުލްއަކީ މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއިން ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ ވަނީ ދީނީ, ސަގާފީ މައުޟޫއުތަކަށް ޢިލްމީ ލިޔުންތައް ވެސް ލިޔުއްވައިފައެވެ.