ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޕެޓްރޯލާއި ޑީސެލްގެ އަގު ހެޔޮކޮށްފިއެވެ.

 

 

އެސްޓީއޯއިން ތެލުގެ އަގަށް ބަދަލު ގެނެސްފައިވަނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އޭރު 15.14 ރުފިޔާގައި ހުރި ޕެޓްރޯލް ލީޓަރެއްގެ އަގު 14.73 ރުފިޔާއަށް ހެޔޮ ކުރިއެވެ.

މިފަހަރު ވަނީ 14.73 ރުފިޔާއަށް ހުރި ޕެޓްރޯލް ލީޓަރެއްގެ އަގު، 14.33 ރުފިޔާއަށް ބަދަލުކޮށްފައެވެ.

އަދި 15.07 ރުފިޔާއަށް ހުރި ޑީސެލް ލީޓަރެއްގެ އަގު 14.62 ރުފިޔާއަށް ވަނީ ހެޔޮ ކޮށްފައެވެ.

މި ބަދަލާއިއެކުގައި، ޕެޓްރޯލް ލީޓަރަކުން 0.40 ލާރި އަދި ޑީސެލް ލީޓަރަކުން 0.45 ލާރި ވަނީ ހެޔޮވެފައެވެ.