ރ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ރީނދޫ އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން މި އެލާޓް ނެރެފައި ވަނީ، މިއަދު ހެނދުނު 9:30އިން ފެށިގެން 13:30 އާއި ހަމައަށެވެ.

 

މެޓުން ބުނާ ގޮތުގައި، އެލާޓް ނެރެފައިވާ ސަރަހައްދަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

އަދި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

އެލާޓާއިއެކު، މެޓުން ވަނީ މޫސުމަށް ބަލައިގެން ދަތުރުކުރުމަށް އިލްތިމާސް ކޮށްފައެވެ.