ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރު ”ސްލޯ“ ކަމަށް ވިދާޅުވެ، އައްޑޫ މީދޫ ދާއިރާގެ މެމްބަރު، އަދި އެމްޑީޕީގެ އަންހެނުންގެ ރޫޙުގެ ރައީސާ، ރޮޒައިނާ އާދަމް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
އިއްޔެ ހެނދުނުން ފެށިގެން ފެން ޕްލާންޓުގެ ޚިދުމަތް މެދު ކެނޑުމާއެކު އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ދެމުންދިޔަ ސަޕްލައި ފެނުގެ ޚިދުމަތް ވަނީ މެދު ކެނޑިފައެވެ. ފެނަކަ ކޯޕަރޭޝަނުން ބުނީ، މިކަން ދިމާވީ އާރްއޯ ޕްލާންޓުގެ ވީއެފްޑީއަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށެވެ. އޭގެ ސްޕެއަރ މިހާރު ވަނީ މާލެއިން ފޮނުވައިފައެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރޮޒައިނާ ވިދާޅުވީ، ފަސް އަހަރު ވަންދެން އެމްޑީޕީން ވެރިކަން ކުރިއިރު، އައްޑޫ ސިޓީގައި ފެން ނެތިގެން އުޅެން ނުޖެހޭ ކަމަށެވެ.
”ރައީސް މުޢިއްޒުގެ ސަރުކާރަށް ފަސް ހަފްތާ ނުވަނީސް، އައްޑޫގެ ރައްޔިތުން ފެނަށް ޖެހިއްޖެ. އައްޑޫގެ ރައްޔިތުންނަށް ފެން ލިބޭނެ ގޮތް، މިހާރުން މިހާރަށް ހަދައިދިނުމަށް ސަރުކާރަށް ގޮވައިލަން. މާ ސްލޯކޮށް ތި އުޅެނީ.“
5 aharu vandhen MDP in verikan kuri iru Addu city gai fen nethigen ulheykah nujehey. Raees Muiz ge verikamah 5 hafthaa nuvanees Addu rayyithun fenah jehijje! Addu rayyithunnah fen libeyne goi mihaarun mihaarah hadhaa dhinumah sarukaarah govaalan! Maa slow koh thi ulhenee!
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 (@Roxeyna) December 8, 2023
ރޮޒައިނާ މިހެން ވިދާޅުވިއިރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރު ”ސްލޯ“ ކަމަށް އެ ވެރިކަމުގައި، ވަރަށް ގިނަ ރައްޔިތުން ދިޔައީ ފާހަގަ ކުރަމުންނެވެ.
އަދި އެމްޑީޕީން ވަޢުދުވި އެންމެ ބޮޑެތި މަޝްރޫޢުތައް ވެސް ވެރިކަން ނިމިގެން ދިޔައިރު ވެސް ނުނިމޭކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.


ރޮޒައިނާގެ އަނގައިން ސަލާމަތެއްނުވާނެ. އެއީ ބޮޑުއަނގައެއް. ސްޕީޑް އަވަސްކަމުން 5 އަހަރުން ރާއްޖެ ދަރާބޯނުހިކޭވަރުކޮށްފާ، އަޅަންއުޅުނު ބުރިޖް ތަނބެއްވެސް 5 އަހަރުން ނުޖެހުނު.
އިބޫގެ ނާގާބިލު ފަސްއަހަރުގެ ހިތިރަހަ ލަނީތިޔަ