އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ 20 ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތުލުސްދޫ ދާއިރާގެ ގޮނޑިއަށް ވާދަ ނުކުރާނެކަން އެކްޓަރު ޢަލީ ސީޒަން ހާމަކޮށްފިއެވެ.

އޭނާ ކުރިން ވަނީ، ތުލުސްދޫ ދާއިރާގެ ގޮނޑިއަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރަން ނިންމައިފައެވެ.

އެ ނިންމުން ބަދަލުކުރިކަން ހާމަކޮށް، ސީޒަން އާއްމުކުރި ވީޑިއޯ މެސެޖުގައި އޭނާ މަޖިލީހަށް ވާދަނުކުރަން ނިންމި ސަބަބު ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް އަވަސް ތާރީޚެއްގައި އެކަން ހާމަ ކުރާނެ ކަމަށް ސީޒަން ވަނީ ބުނެފައެވެ.

ސީޒަން ވަނީ ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއަށް ތާއީދުކޮށް، ކެމްޕެއިން މަސައްކަތްތަކުގައި ވެސް އުޅެފައެވެ.