ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސްޕީޑު، މާބޮޑަށް ވެސް އަވަސް ކަމަށް ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިއުނާ ވިދާޅުވެއްޖެއެވެ.
ޝިއުނާ މިހެން ވިދާޅުވީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ފެން ކެނޑުނު މައްސަލައިގައި، އައްޑޫ މީދޫ ދާއިރާގެ މެމްބަރު، ރޮޒައިނާ އާދަމް ސަރުކާރު ”ސްލޯ“ ކަމަށް ވިދާޅުވުމާއި ގުޅިގެން، ރޮޒައިނާ އަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރޮޒައިނާއަށް ރައްދު ދެއްވައި ޝިއުނާ ވިދާޅުވީ އެމްޑީޕީން ވެރިކަމުން ފޭބީ، ޤައުމު 30 އަހަރު ފަހަތަށް ޖައްސައިލައިފައި ކަމަށެވެ. އެފަދަ ބަޔަކު، އެއްމަސް ނުވާ ސަރުކާރެއްގެ ލަސް ވާހަކަ ދެއްކުން، ޝިއުނާ ސިފަ ކުރެއްވީ ދެކޮޅު ނުޖެހޭ ވާހަކައެއްގެ ގޮތުގައެވެ.
”މި ސަރުކާރުގެ ސްޕީޑް މާ ބޮޑަށް ވެސް އަވަސް.“ ޝިއުނާ ވިދާޅުވިއެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ޚިދުމަތް ކެނޑުނީ، ހިތަދޫއަށް ފެނުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ އާރްއޯ ޕްލާންޓު މަރާމާތުކުރުމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން އެންގި ގޮތަށް އެކަން ނުކޮށް އޮތުމުންނެވެ.
މިކަން ވީހައިވެސް އަވަހަށް ޙައްލު ކުރުމުގެ މަސައްކަތް ފެނަކައިން ދަނީ ކުރަމުންނެވެ.


ކެނޑި ފޮންޏާ އަޅާ ބަލާއިރު ވަރަޑް ސުލޯ
އަދިވެސް އެމްޑީޕީގެ ސަރުކާރު ބަދަލެއްނުވޭ! މަޖިލިސް މެދުވެރިކޮށް ކުރަނީ ޖެއްސުން!
ރޮޒޭނާއަކީ ތާކުންތާކުނުޖެހޭ ބޮޑު ވަގެއް އެވަގު ކިޔާނެ ހުރިހާ އެއްޗެއް ހަޖަމެއްނުވާނެ ވަގުންންކައް
މެޑަމް ފާތުމަ ދޫކޮއްލީތަ ސިއުނާ.