އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ފެން ކެނޑުނު މައްސަލަ މިރެއާއި ހަމައަށް ޙައްލު ކުރެވޭނެ ކަމަށް ފެނަކައިން ބުނެފިއެވެ.

ފެނަކައިގެ އެމްޑީ މުއާޒު މުޙައްމަދު ރަޝީދު ”އަސުރަށް“ ވިދާޅުވީ، ފެން ކެނޑުނު މައްސަލަ މިރެއާއި ހަމައަށް ޙައްލު ކުރެވޭނެ ކަމަށެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ޚިދުމަތް ކެނޑިގެން ދިޔައީ، އާރްއޯ ޕްލާންޓުގެ ވީއެފްޑީ ޑްރައިވް ނުވަތަ ސްޕެއާ ޕާޓަށް ދިމާވި މައްސަލައަކާއި ގުޅިގެން، ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ.

އެކަން ޙައްލުކުރުމަށް އިތުރު ވީއެފްޑީ ޑިވައިސެއް އައްޑޫއަށް ގެންދަން ދަތުރު ފަށައިފައިވާއިރު، 5:30ގެ ކުރިން އެ ޑިވައިސް ގެންދެވޭނެ ކަމަށް ލަފާ ކުރެއްވޭ ކަމަށް މުއާޒު ”އަސުރަށް“ ވިދާޅުވިއެވެ. އެ ޑިވައިސްއާއިއެކު އެމްބަޑްލިޔުއެސްސީގެ ޓީމެއް ވެސް އައްޑުއަށް ދާނެއެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ޚިދުމަތް ކެނޑުނީ، ހިތަދޫއަށް ފެނުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ އާރްއޯ ޕްލާންޓު މަރާމާތުކުރުމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން އެންގި ގޮތަށް އެކަން ނުކޮށް އޮތުމުންނެވެ.

މިކަން ވީހައިވެސް އަވަހަށް ޙައްލު ކުރުމުގެ މަސައްކަތް ފެނަކައިން ދަނީ ކުރަމުންނެވެ.