ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން ވެސް ސުންގަޑި ހަމަވުމުގެ ކުރިން މާލީ ބަޔާން ހުށަހަޅުއްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަން(އީީސީ)ގއ ނައިބު ރައީސް އިސްމާޢީލް ހަބީބް މިއަދު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެސް މާލީ ބަޔާން ހުށަހަޅުއްވައިފައިވާ ކަމަށެވެ.
އަދި މިހާރު ކުރިޔަށް ދަނީ އެ ބަޔާންތައް އާންމު ކުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ މަރުޙަލާގެ މަސައްކަތް ކަމަށް ވެސް ހަބީބް ވިދާޅުވިއެވެ.
ކެންޑިޑޭޓުން އިންތިޚާބަށް، ކުރި ޚަރަދުތަކުގެ ތަފްސީލު ހާމަ ކުރުމަކީ ޤާނޫނުން ލާޒިމު ކުރާ ކަމެކެވެ.
އިންތިޚާބަށް ޚަރަދުތައް ކުރުމަށް ފައިސާ ހޯދި ގޮތުގެ ތަފްޞީލު ހިމެނުމުގެ އިތުރުން، ފައިސާ ދިން ފަރާތްތަކާއި ފައިސާގެ އަދަދު ވެސް ބަޔާނުގައި ހިމަނަން ޖެހެއެވެ.