ހުޅުމާލޭގައި ތޫނު އެއްޗަކުން ކުއްޖަކަށް ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ.

ފުލުހުން ބުނި ގޮތުގައި، މި ހަމަލާ ރޭ ދީފައި ވަނީ ހުޅުމާލޭގެ ސެންޓްރަލް މޯލްގެ ލިފްޓު ތެރޭގައެވެ.
ފުލުހުން ބުނީ ފުރާވަރުގެ ކުއްޖަކަށް އެ މޯލްގެ ލިފްޓު ތެރޭގައި ރޭގައި ހަމަލާދިންކަމުގެ މައުލޫމާތު ލިބިގެން އެކަން މިހާރު އިތުރަށް ބަލަމުން އަންނަ ކަމަށެވެ. އެނގިފައިވާ ގޮތުގައި ޒަޚަމްކުރީ 14 އަހަރުގެ ފިރިހެން ކުއްޖެކެވެ.
މި ހަމަލާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ އެކަން ހިއްސާކޮށް ދޭން ފުލުހުން އެދިފައިވާއިރު، މި މައްސަލަ އަންނަނީ ތަހުޤީޤު ކުރަމުންނެވެ.
