ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެކުލަވައިލެއްވި ވަޒީރުންގެ މަޖިލީހަށް އައްޔަންކުރެއްވި 22 ވަޒީރުންގެ ޝަރުޠު ހަމަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ ނިންމައިފިއެވެ.

 

މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ފާސްކުރީ 22 ވަޒީރުންގެ ޝަރުތު ހަމަވާތީ، އެ ވަޒީރުންނަށް ރުހުން ދިނުމަށް ވަކި ވަކީން ވޯޓަށް އެހުމަށެވެ.
މިގޮތަށް ކޮމިޓީއަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢުއެވެ. އެ ހުށަހެޅުން ފާސްވެފައި ވަނީ ކޮމިޓީ މެމްބަރުންގެ އިއްތިފާޤުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރު މި މަހުގެ 18 އަށް އިތުރުކޮށްފައިވާއިރު، މި ހަފްތާގެ ތެރޭގައި ރައީސް މުޢިއްޒުގެ ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާ ކުރާނެ ކަމަށް ބެލެވެއެވެ.