މަޝްހޫރު ފެޝަން ބްރޭންޑް، ”ޒާރާ“ގެ އެޑް ކެމްޕެއިނެއްގައި، ފަލަސްތީނުގައި ޔަހޫދީންނާއި ފަލަސްޠީނުގެ މުޖާހިދުންނާއި ދެމެދު ހިނގަމުން އަންނަ ހަނގުރައިމައިގައި ޝަހީދުވާ މީހުންނަށް ހަޖޫ ޖެހުމުން، ހޫނު ފެނަށް ވެއްޓި، ބްރޭންޑު ބޮއިކޮޓް ކުރަން ގޮވަން ފަށައިފިއެވެ.
ޒާރާގެ އައު އެޑް ކެމްޕެއިނުގެ ފޮޓޯތައް މީސްމީޑިއާއަށް ދޫކޮށްލުމާއިއެކުގައި، ގިނަ ބަޔަކު ފާހަގަ ކުރަމުންދަނީ، އެ ފޮޓޯތައް، ފަލަސްޠީނުގެ ޝަހީދުން ކަފުން ކޮށްފައިވާ މަންޒަރު ސިފަކޮށްދޭ ކަމަށާއި، އެއީ ފަލަސްޠީނުގެ ޝަހީދުންނަށް ކުރި މަލާމާތެއް ކަމަށެވެ.
ކަފުންކޮށްފައިވާ މީހެއް ސިފަވާ ގޮތަށް ޒާރާ އިން ކުރި ކެމްޕެއިނުގެ މޮޑެލް އަކީ ކްރިސްޓަން މެކްމެނަމީއެވެ. އާއްމުންގެ ނުރުހުން އަމާޒުވުމުން، ޒާރާ އިން އެންމެ ފަހުން ވަނީ މި ފޮޓޯތައް ޑިލީޓު ވެސް ކޮށްލައިފައެވެ.
@ZARA is mocking Muslims and the genocide carried out by @Israel in Gaza in its latest campaign including what appears to be bodies wrapped in a white body bag reminiscent of traditional Muslim burial attire.
The campaign also features rocks, rubble, and a cardboard cut-out… pic.twitter.com/D1JYZ1BXEY
— Umair (@Dr_MianUmair1) December 10, 2023
އިޒްރޭލުންގެ ހައްދުފަހަނައަޅައިފައިވާ ޔަހޫދީން ފަލަސްޠީނުގެ ޣައްޒާއަށް ހަމަލާ ދެމުން އަންނަތާ ދެ މަސްވެފައިވާއިރު، މި ހަމަލާތަކުގައި 17،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

