މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ”ސިންތެޓިިކް ކެތިނޯން“ ރާއްޖެ އެތެރެ ކުރަން އުޅެނިކޮށް އަތުލައިގަނެފިއެވެ.

ކަސްޓަމްސް އިން ބުނީ މިތަކެތި އަތުލައިގަތީ މިދިޔަ އޮކްޓޫބަރު 31 ވަނަ ދުވަހު ކޫރިއަށް މެދުވެރިކޮށް ރާއްޖެ ގެނައި ޕެކޭޖެއް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

ޕެކޭޖު ބެލީ އޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކު ކުރެވިގެން ކަމަށްވެސް ކަސްޓަމްސް މައުލޫމާތު ދީފައިވެއެވެ.

ކަސްޓަމްސް އިން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 1030 ގުރާމު ހުރި ކަމަށެވެ.

ރާއްޖެއަށް އެތެރެކުރަން އުޅުނު ތިން ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިދިޔަ ހުކުރު ދުވަހުވެސް އަތުލައިގެންފައިވެއެވެ.