އަމީނީ މަގުގެ ނުނިމި ހުރި މަސައްކަތްތައް ވަރަށް ހަލުވި ކަމާއިއެކުގައި ކުރިއަށް އެބަދެއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އާރްޑީސީ) އިން ބުނީ، މަސައްކަތްތައް ހުއްޓުމެއް ނެތި، 24 ގަޑިއިރު ކުރިއަށް ގެންދާ ކަމަށެވެ.
”މެދު ކެނޑުމެއް ނެތި 24 ގަޑިއިރު އަމީނީމަގުގައި ކުރަމުންދާ މަސައްކަތުގެ ތެރެއިން މިވަގުތު މި ކުރަމުން އަންނަނީ އެންމެ ގޮންޖެހުން ބޮޑު ހިރާސްތައް ގިނަ މަސައްކަތްތައް. އެގޮތުން މަގު ކޮނެގެން ކުރަންޖެހޭ މަސައްކަތްތައް ކަމަށްވާ ޑީވޯޓަރިންގ ނެޓްވޯކް އެޅުމާއި ފެނާ ނަރުދަމާ ހޮޅި އެޅުމުގެ އިތުރުން ސްޓޯރމް ވޯޓަރ ހޮޅި އެޅުމުގެ މަސައްކަތްވެސް މިވަގުތު އަންނަނީ ކުރަމުން.“
މެދު ކެނޑުމެއް ނެތި 24 ގަޑިއިރު އަމީނީމަގުގައި ކުރަމުންދާ މަސައްކަތުގެ ތެރެއިން މިވަގުތު މި ކުރަމުން އަންނަނީ އެންމެ ގޮންޖެހުން ބޮޑު ހިރާސްތައް ގިނަ މަސައްކަތްތައް. އެގޮތުން މަގު ކޮނެގެން ކުރަންޖެހޭ މަސައްކަތްތައް ކަމަށްވާ ޑީވޯޓަރިންގ ނެޓްވޯކް އެޅުމާއި ފެނާ ނަރުދަމާ ހޮޅި އެޅުމުގެ… pic.twitter.com/G1mLk9BzJm
— Road Development Corporation Ltd (@rdcmaldives) December 12, 2023
އަމީނީމަގުގެ މަސައްކަތް ފެށީ ކުރީ ސަރުކާރުންނެވެ. ނަމަވެސް މަޝްރޫޢު ނިންމައިނުލެވި މަޑު ޖެހުނީއެވެ.
އާރުޑީސީން ބުނެފައިވަނީ މިހާރު ފަށާފައިވަނީ، މަޝްރޫޢުގެ ނުނިމި ބާކީ ހުރި ދެ ސެގްމަންޓުގެ މަސައްކަތް ކަމަށެވެ. އެއީ ސެގްމެންޓް 12 އަދި 13 ހެދުމުގެ މަސައްކަތެވެ.
އަމީނީމަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގުގެ ސަރަޙައްދު ތަރައްޤީކުރުން ހިމެނެއެވެ. އަދި މަގުގެ ދުވާރު ހެދުމާއި، ލޯފަން މީހުންނަށް ޚާއްޞަ ބްރައިލް ބޮލޮކް ބެހެއްޓުމާއި، ބަސްހުއްޓި އަދި ޕާކިންގ ޒޯން ޤާއިމު ކުރުން ވެސް ހިމެނެއެވެ.
އެމްޑީޕީގެ ސަރުކާރުން މި މަސައްކަތް ފާއިތުވި އަހަރުގެ ޖުލައި މަހުގެ ތެރޭގައި އާރްޑީސީއާއި ޙަވާލުކުރީ 84.4 މިލިޔަން ރުފިޔާއަށެވެ. އެހެންނަމަވެސް، މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ކުރީ ސަރުކާރު ނިމުނުއިރު މިމަގުގެ ތާރުއަޅާ ނިމިފައިވަނީ ދިވެހިރާއްޖޭގެ އަޑާއި ހަމައަށެވެ.

