އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރުގެ މަޤާމަށް އައު ބޭފުޅަކު އައްޔަނު ކުރައްވައިފިއެވެ.

އެ މަޤާމަށް އައްޔަން ކުރެއްވީ ކާނަލް މުހައްމަދު ޖަމްޝާދުއެވެ. އެ މަޤާމަށް ކާނަލް ޖަމްޝާދު ހަމަޖެއްސެވި ކަމުގެ ލިޔުން ޙަވާލު ކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް ޢަބްދުއްރަޙީމް ޢަބްދުލްލަޠީފެވެ.

މީގެކުރިން އެ މަޤާމުގައި ހުންނެވީ ކާނަލް އަޙުމަދު ޠާހިރުއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ކަމަށް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް ހިލްމީ އައްޔަންކުރައްވައިފައެވެ.