”އިސްލާމިކް ސޯޝަލް އިކޮނޮމިކް“ގެ ނަމުގައި، އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ އިސްލާމީ މާލީ ފޯރަން މިއަދު ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، މި ފޯރަމްގައި ރާއްޖޭގެ އިސްލާމީ މާލީ އިދާރާތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.
މި ފޯރަމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެ މެނިފެސްޓޯގައިވާ އިސްލާމީ ވަޢުދުތަކުގެ ތެރެއިން ވަޤުފާއި ޙައްޖު ފަންޑާއި ޒަކާތު ފަންޑު ކުރިއެރުވުމަށްޓަކައި ބާއްވާ ފޯރަމެކެވެ.
ރައީސް ޑރ މުއިއްޒުގެ މެނިފެސްޓޯގައި ބަޔާންވެފައިވާ ޒަކާތު ހައުސް، ޙައްޖު ފަންޑު، އަދި ވަޤުފު ތަރައްޤީ ކުރުމުގައި އިސްލާމީ މާލީ އިދާރާތަކުގެ މަޝްވަރާއާއި ޚިޔާލު ހޯދުމަށް ކުރިއަށް ގެންދާ އިސްލާމިކް ސޯޝަލް އިކްނޮމިކް ފޯރަމްގެ މިއަދު ފަށައިފި. pic.twitter.com/Y5RhYP3vZO
— Mohamed Shaheem Ali Saeed (@Mohamedshaheem1) December 14, 2023
މި ފޯރަމްގައި އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އިތުރުން، މޯލްޑިވްސް އިސްލާމިކް ބޭންކުގެ ސީ.އީ.އޯ މުފައްދަލް އިދްރީސް ޚުމާރީ އާއި، ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު، މުޙައްމަދު ޝަކީލާއި، އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝުޖާޢު ޢަބްދުލްޙަކީމް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ު


އިސްލާމިކް މިނިސްޓަރަކަށް އެހެން މީހަކު ލާފައި މީނައަށް ޓްރޭޑް އެންޑް އިކޮނޮމިކް މިނިސްޓްރީ ހަވާލު ކުރަން މާ އައުލާކަން ބޮޑެވެ. އަބަދުވެސް އުޅެެނީ ފައިސާގަޑެއް ހޯދުމުގައެވެ.