ހާމިދު ޝަފީގު ރައީސް އޮފީހުގެ ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް އައްޔަން ކުރައްވައިފިއެވެ.

ސިފައިންގެއަށް 33 އަހަރު ޚިދުމަތް ކުރެއްވި ހާމިދު ވަނީ، މި ހަފްތާގައި ސިފައިންގެއިން ރިޓަޔަރ ކުރައްވައިފައެވެ.

ހާމިދު އެ މަޤާމަށް އައްޔަން ކުރެއްވީ މިނިސްޓަރުގެ ނައިބުގެ ފެންވަރުގައެވެ.

ސިފައިންގެއިން ރިޓަޔަކުރެއްވި އިރު ހާމިދު ހުންނެވީ މޭޖަ ޖެނެރަލްގެ ރޭންކުގައެވެ.

ސިފައިންގެ ވަޒީފާއިން ހާމިދު ޝަރަފުވެރިކަމާއެކު ރިޓަޔަކުރެއްވީ މިދިޔަ އަންގާރަ ދުވަހުއެވެ. އޭނާ ވަނީ ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލްކަން ވެސް ކުރައްވައިފައެވެ.