ރާއްޖޭގައި ބަރަހަނާ ވެބްސައިޓުތަކަށް ނުވަދެވޭނެ ގޮތް ހެއްދެވުމަށް ކެރިވަޑައިގެން، އެކަން ކުރެއްވި ފުރަތަމަ ވެރިޔަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންފިއެވެ.

ރާއްޖޭގައި ބަރަހަނާ ވެބްސައިޓްތަކަށް ނުވަދެވޭ ގޮތް ސަރުކާރުން މިހާރު ހަދާފައިވާއިރު ރާއްޖޭގެ އެއްވެސް ނެޓްވޯކެއް މެދުވެރިކޮށް އެ ފަދަ އެއްވެސް ވެބްސައިޓަކަށް ދެން ނުވަދެވޭނެއެވެ.

މިއީ މިފަަދައިން ރާއްޖޭގައި ޢަމަލުކުރަން ފެށި ފުރަތަމަ ފަހަރެވެ.

ރާއްޖޭގައި ވަރަށް ގިނަ މީހުން ބަރަހަނާ ވެބްސައިޓުތަކަށް ވަނުމަކީ އާއްމުކަމަކަށް ވެފައިވާއިރު، އެއީ ނަފްސާނީ އަދި ޖިސްމާނީ ގޮތުން އެތައް ގެއްލުމެއް ލިބިދޭ ކަމެއް ކަމަށް ޞިއްޙީ ލިޔުންތަކުގައިވެއެވެ. އެގޮތުން މިއީ އެކަމަށް ދެވި ހިފައިފިނަމަ، ޒިނޭއަށް މަގުފަހި ކުރުވައި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ ބޮޑެތި މައްސަލަތަކަށް ވެސް ދޮރު ހުޅުވައިދޭ ނުބައި ކަމެއް ކަމުގައި ޞިއްޙީ މާހިރުން ސިފަ ކުރެއެވެ.

ސަރުކާރުގެ މި ތާރީޚީ ނިންމެވުމަށް، އެތައް ބަޔަކު އަންނަނީ ތަޢުރީފު ކުރަމުންނެވެ.