ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ މިރޭ އޮންނާނެ ކަމަށް ދިވެހިބަހާއި ޘަޤާފަތާއި ތަރިކަ އާއި ބެހޭ މިނިސްޓްރީން ބުނެފިއެވެ.

މި އަހަރުގެ ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ އިންތިޒާމުކޮށް ކުރިއަށް ގެންދަނީ، އެ މިނިސްޓްރީންނެވެ.

އެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޒުވާނުންގެ މަރުކަޒު (ސޯޝަލް ސެންޓަރު)ގައެވެ.

ޖަލްސާ މިރޭ ބާއްވާކަން ހާމަކޮށް، އެ މިނިސްޓްރީން ބުނީ ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާއަކީ، ދިވެހިރާއްޖޭގެ މިނިވަންކަމުގެ ދިފާޢުގައި ދޮންބަންޑާރައިން ކުރެއްވި ޖިހާދުގެ ހަނދާނަށް ޚާއްޞަކޮށް، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމުގެ މުހިންމުކަމަށް އަލިއަޅުވާލައި، ޤައުމީ ބަޠަލުންނަށް ޝުކުރު އަދާކޮށް ޒިކުރާ އައު ކުރުމަށް ބާއްވާ ޖަލްސާއެއް ކަމަށެވެ.

އަހަރުގެ ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ އިންތިޒާމުކޮށް ކުރިއަށް ގެންދަނީ، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިންނެވެ. ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޒުވާނުންގެ މަރުކަޒު (ސޯޝަލް ސެންޓަރު) ގައި ކަމަށް އެވުޒާރާއިން ބުނެއެވެ.

މި ޖަލްސާގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާއި ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ޢިއްޒަތްތެރީންނާއި، ދައުލަތާއި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭބޭފުޅުންގެ ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އުވުޒާރާއިން ބުނެފައިވެއެވެ.