އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރަން ފުރުޞަތު ހުޅުވައިލައިފިއެވެ.

އެކަން ހާމަކޮށް އެ ޕާޓީން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ، ޕާޓީގެ އަސާސީ ޤަވާއިދުގެ 51 ވަނަ މާއްދާގެ ދަށުން،  މަޖިލީހުގެ ހުރިހައި ދާއިރާއަކަށް ވެސް ކުރިމަތިލުމުގެ ފުރުޞަތު މަޖިލީހުގެ މެމްބަރުންގެ ޝަރުތު ހަމަވާ އަދި އެކަމަށް ޤާބިލު މީހުންނަށް ހުޅުވައިލާފައިވާ ކަމަށެވެ.

ކުރިމަތިލާ ފަރާތްތަކުގެ ކެންޑިޑެސީ ކަށަވަރު ކުރާނީ ޕާޓީގެ ކައުންސިލުން ނުވަތަ ކައުންސިލުން ކަނޑައަޅާ ޚާއްޞަ ކޮމެޓީއަކުން ކަމަށް ޖޭޕީން ބުނެއެވެ.

މަޖިލީހުގައި ވާދަޖުރަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 26 ވަނަ ދުވަހުގެ 14:00ގެ ކުރިން، ކުރިމަތިލުމުގެ ފުރުޞަތު އެ ޕާޓީން ވަނީ ހުޅުވައިލައިފައެވެ.

ޖޭޕީގެ އިތުރުން، އެމްޑީޕީ އާއި ޕީޕީއެމް/ޕީއެންސީން ވެސް ވަނީ މަޖިލިސް ޕްރައިމަރީއަށް ހުޅުވައިލައިފައެވެ.