ރަމަޟާން މަހުގެ ފަހު 10ގައި ދީނީ ކަންކަމަށް ރައްޔިތުންނަށް ވަގުތު ދިނުމުގެ ގޮތުން އެ ދުވަސްތަކުގައި ސަރުކާރު ބަންދު ކުރަން ނިންމައިފިއެވެ.

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުޙައްމަދު ޝަހީބު ވިދާޅުވީ މި ނިންމުން ނިންމާފައި ވަނީ އިސްލާމީ އުސޫލުތައް ގާއިމުކުރުމާއި ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުޞަތު ދިނުމުގެ ގޮތުން ކަމަށެވެ.

”އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި މިވަނީ ކަނޑައަޅުއްވާފައި،“ ޝަހީބް ވިދާޅުވިއެވެ.

ރޯދަމަހުގެ ފަހު 10 ގައި ސަރުކާރު ބަންދުކުރުމަކީ ރައީސް ޑރ.މުޢިއްޒު ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ވެވަޑައިގެންނެވި ވައުދެކެވެ.