އެމްޑީޕީގެ ޗެއާޕާސަންގެ އިބްތިހާބުގެ ވޯޓުލުން ފަށައިގެން ކުރިއަށް އެބަދެއެވެ.

އިންތިހާބުގެ ވޯޓުލުން ހެނދުނު 9:00 ގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފެށި އިރު، ވޯޓްލުން ހަވީރު 4:00 ހަމައަށް ކުރިއަށް ދާނެ އެވެ.

އެމްޑީޕީގެ ކުރިމަގު ދެން ބައްޓަންވެގެންދާނެ ގޮތް ކަނޑައެޅިގެން ދާނެ މި އިންތިހާބުގައި ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއު ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.

ޗެއާޕާސަންގެ މަގާމުގެ އިތުރުން މިއަދު ޕާޓީގެ ބައެއް އެހެން ދެ މަގާމަކަށް ވެސް މީހުން އިންތިހާބުކުރާނެއެވެ. އެގޮތުން 194 ރަށެއްގައި ވޯޓު ފޮށި ބަހައްޓާފައިވާ މި އިންތިހާބުގައި ޗެއާޕާސަން ހޮވަން 94،211 މެމްބަރުންނަށް ވޯޓުލާނެއެވެ.

އަދި އަންހެނުންގެ ރޫހަށް 41،027 މެމްބަރުންނަށް ވޯޓުލެވޭ އިރު، ޔޫތު ވިންގަށް 32،057 މެމްބަރުންނަށް ވޯޓްލެވޭނެއެވެ.

ޖުމްލަ 272 ވޯޓް ފޮށި ބަހައްޓާފައިވެއެވެ.