ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމާއި ރައީސާއި ނައިބު ރައީސްކަމުގެ މަގާމަށް، ބޭފުޅުން އައްޔަނު ކުރައްވައިފިއެވެ.
މިބޭފުޅުން މަގާމަށް އައްޔަނު ކުރެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށާއި ރައީސްކަމުގެ މަގާމަށް އައްޔަންކުރެއްވީ ޏ.ފުވައްމުލައް، ދަޑިމަގު. ގްލޯރީގެ އިސްހާގު ހުސައިނެވެ.
އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށާއި ނައިބު ރައީސްކަމަށް، އައްޔަންކުރައްވާފައި ވަނީ ޅ.ހިންނަވަރު، ހިޔާވަހި ފާތިމަތު މަހީރާ މުހައްމަދެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް، ހުޅުމާލެ ހިޔާ 04-21-8 ޝަހީމާ ސަލީމާއި ގއ.ގެމަނަފުށި، ފެހިކުރި އިޝާރާ އަބްދުލްއަޒީޒު އަދި ދަފްތަރު ނަންބަރު ދރ 265 ސައުސަން އަލީ އައްޔަންކުރައްވާފައެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައިލާދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.
