ހުޅުމާލޭގައި މިރޭ ހަވާ އަރުވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ މިރޭ ހަވާ އަރުވާނީ ފޭސް ތިނެއްގައި ކަމަށެވެ. އެއީ މިރޭ 10:00 އާއި 11:30 އާ ދެމެދުގައި ކަމަށެވެ. އެގޮތުން ވިޔަފާރި އުސޫލުން 3 މިނެޓަށް ހަވާ އެރުވުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.
އެކިއެކި އިވެންޓްތަކާ ގުޅުވައިގެން ރާއްޖޭގައި ހަވާ އެރުވުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ. އަދި މިކަން ކުރިއަށް ގެންދަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުންނެވެ.

