ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރު ކުރުމުގެ އަމަލީ މަސައްކަތް މާދަމާ ފަށާ ގޮތަށް ހަމަޖެހިއްޖެއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޮޕަރޭޝަން(އެޗްޑީސީ) އިން ބުނީ، ޗައިނާގެ ކުންފުންޏަކާ ހަވާލު ކޮށްފައިވާ މި މަޝްރޫއުގެ އަމަލީ މަސައްކަތް މާދަމާ ހެނދުނު ފަށާނެ ކަމަށެވެ.

ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓް ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ހިޔާގައި ހަރު ކުރާ އެއް ލިފްޓަކީ ސްޓްރެޗަރ އުފުލޭ ވަރުގެ ބޮޑު ލިފްޓެކެވެ. އަދި އަނެއް ލިފްޓަކީ ގާތްގަނޑަކަށް 14 މީހުންގެ ކެޕޭސިޓީގެ ލިފްޓެކެވެ.