މ ދިއްގަރުގައި 75 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއުގެ ބިންގާ އަޅައިފިއެވެ.

އިއްޔެ ދިއްގަރުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހައުސިން ޔުނިޓުތަކުގެ މަސައްކަތުގެ ބިންގާ އަޅުއްވައި ދެއްވީ މިނިސްޓަރ ޑރ.އަލީ ހައިދަރާއި އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދުއެވެ.

‏މި މަޝްރޫއުގެ އެއްބަސްވުމުގެ ދަށުން ދިއްގަރުގައި 3 ކޮޓަރި، 3 ފާހަނާ، ސިޓިންގް ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރޫމް ހިމެނޭ ގޮތަށް 1000 އަކަފޫޓު ބޮޑުމިނުގެ 75 ހައުސިން ޔުނިޓު އިމާރާތް ކުރާނެއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ 420 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މިއީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.