ރައްޔިތުންގެ ޙާލަތު ގާތުން ބެއްލެވުމަށް ގޭގެއަށް ޒިޔާރަތް ކުރެއްވުމަކީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރެއްވިއިރު ޑރ.މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވަޢުދެކެވެ.
މި ވައުދު ފުއްދެވުމަށް ކުރެއްވި މަސައްކަތުގެ ތެރެއިން އެއް އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނަ ގެތަކަށް ޒިޔާރަތް ކުރި ކައުންސިލަކަށް މާލެ ސިޓީ ކައުންސިލު ވަނީ ވެފައެވެ.
އެގޮތުން ސިޓީ ކައުންސިލުގެ މަސައްކަތްތަކުގެ މައުލޫމާތު ހާމަކުރުމަށް ނެރުނު ”އަތަމަނަ“ގައި ވާގޮތުން، އެ ކައުންސިލުން ވަނީ، އެންމެ ގިނަ ގޭގެއަށް ޒިޔާރަތްކޮށް، އެންމެ ގިނަ ރައްޔިތުންނާ މަޝްވަރާވެސް ކޮށްފައެވެ.
އެގޮތުން 585 ގެއަށް ސިޓީ ކައުންސިލުން، މިދިޔަ އަހަރު ޒިޔާރާތް ކުރިއެވެ.
ސިލްސިލާ ގޮތެއްގައި ރައްޔިތުންނާ ބައްދަލު ކުރެއްވުމުގެ އިތުރުން، މިދިޔަ އަހަރު އެ ކައުންސިލުން ވަނީ ރައްޔިތުން ތަމްސީލު ކުރާ 53 ޖަމުއިއްޔާއަކާ ބައްދަލުކޮށްފައެވެ. އަދި މޭޔަރާ ވަކިން ބައްދަލު ކުރަން އެދުނު 257 ފަރާތަކާ، އެޕޮއިންޓްމަންޓް އުސޫލުން، މޭޔަރު ވަނީ ބައްދަލުވެސް ކުރައްވާފައެވެ.
މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު, މެދު ހެންވޭރު ދާއިރާގެ ކައުންސިލް މެންބަރު އާދަމް ރަމީޒް އާއި އިތުރު ކައުންސިލަރުން ދާއިރާގެ ރައްޔިތުންގެ ގާތަށް ޒިޔާރަތް ކުރެއްވުން @MMuizzu @AdamRamyz pic.twitter.com/Hf3zKHTcTB
— Malé City Council (@MaleCitymv) August 10, 2022
މާލޭގެ ރައްޔިތުންނާ ގުޅުންހުރި ކޮންމެ ކަމެއްގައި ރައްޔިތުންގެ ހިޔާލު ހޯދުމަށްވެސް ސިޓީ ކައުންސިލުން ވަރަށް ބޮޑު އިސްކަމެއް ދެއެވެ.
އެގޮތުން މާލޭގެ ރައްޔިތުންގެ ހިޔާލު ހިމެނޭ 172 ސަފްހާގެ ފޮތެއް ސިޓީ ކައުންސިލުން ވަނީ ނެރެފައެވެ. އެފޮތުގައި ކައުންސިލުގެ އަވަށު ބައްދަލުވުންތަކުން ލިބުނު ހިޔާލާއި، އޮންލައިންކޮށް ލިބުނު ހިޔާލާއ، ސަރުކާރުގެ އިދާރާތަކުންނާއ، ތަޖުރިބާކާރިުން ދިން ހިޔާލުވެސް ވަނީ ހިމަނާފައެވެ.
މާލެ ސިޓީ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު މާފަންނު މެދު ދާއިރާގެ ކައުންސިލް މެންބަރު އަދި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް އާއި އެހެން ކައުންސިލް މެމްބަރުންނާއެކު އެދާއިރާގެ ރައްޔިތުންގެ ގާތަށް ޒިޔާރަތް ކުރެއްވުން. pic.twitter.com/5wYtu1wMkr
— Malé City Council (@MaleCitymv) August 14, 2022
މެދުކެނޑުމަކަށްފަހުގައި، އަނެއްކާވެސް މޭޔަރު ވަނީ މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ މަސައްކަތް ފައްޓަވާފައެވެ.
މި އޯގަސްޓް މަހުގެ ތެރޭގައި 4 ދާއިރާއެއްގެ ރައްޔިތުން ގާތަށް ވަނީ ޒިޔާރާތް ކުރައްވާފައެވެ.
