ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ޒީނާޒް އަދުނާން ހަމަޖައްސަވައިފިއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ޒީނާޒް  ހަމަޖައްސާފައި ވަނީ ކުރިން އެ މަގާމުގައި ހުރި ޝިފާގު މުފީދު މިިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ.

މީގެ ކުރިން ކުޑަކުދިންގެ ހިޔާގެ ސީއީއޯގެ މަގާމު ފުރުއްވި ޒީނާޒް ތައުލީމީ ދާއިރާގައިވެސް ދިގުމުއްދަތަކަށް ހިދުމަތް ކުރައްވާފައިވެއެވެ.