ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 212 ފުޅި ބަނގިރަލާއި 50 ދަޅު ބިޔަރު ނައްތާލައިފިއެވެ.

ފުލުހުން ބުނީ އެކިއެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލާފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ ހުކުރު ދުވަހު ނައްތާާފައިވަނީ 212 ފުޅި ބަނގުރަލާއި 50 ދަޅު ބިޔަރެވެ.

ނައްތާލެވުނު މި އަހަރުގެ އެޕްރީލް މަހުގެ 17 އިން ފެށިގެން މެއި މި މަހުގެ ދެވަނަ ދުވަހާ ހަމައަށް ގއ. ކޫއްޑޫ އެއާޕޯޓުން ފުރަންދިޔަ ފަތުުރުވެރިންގެ އަތުން އެމްއެންޑީއެފް އިން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށް މައުލޫމާތު ލިބެއެވެ.

ަ