ޗައިނާއިން ރާއްޖެއަަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަން ލިޒިން، ރައްޔިތުންގެ މަޖިލީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތް ކުރައްވައިފިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އާއި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމާ ގުޅޭ މައުލޫމާތެއް މަޖިލީހުން ހާމަކޮށްފައެއް ނުވެއެވެ.
މިއީ 20 ވަނަ މަޖިލީހުގެ ރައީސް ކަމަށް އަބްދުއްރަހީމް މިދިޔަ އަންގާރަ ދުވަހު އިންތިހާބުވުމަށް ފަހު ބޭރުގެ ސަފީރަކާ އެކު ބޭއްވި ފުރަތަމަ ރަސްމީ ބައްދަލުވުމެވެ.
