ނަވާރަ ވަނަ ރައްޔިތުން މަޖިލީހުން ރުހުން ނުދިން ތިން ވަޒީރަކަށް ރުހުން ދިނުމުގެ މައްސަލަ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށް ވޯޓު ނަގަން ތާވަލުކޮށްފިއެވެ.
ރުހުން ނުދިނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހިމް އަލީ ސައިދާއި ހައުސިން މިނިސްޓަރު އަލީ ހައިދަރުގެ އިތުރުން އެޓާނީ ޖެނެރަލް އަހުމަދު އުޝާމަށެވެ.
މި ތިން މިނިސްޓަރުންނަށް މަޖިލީހުން ރުހުން ނުދިން ނަމަވެސް އެ ބޭފުޅުން އަލުން މަގާމުތަކަށް އައްޔަން ކުރައްވައި، އަލުން ރުހުން ހޯދަން ވެސް 19 ވަނަ މަޖިލީހަށް ފޮނުވިއެވެ.
މިދިޔަ މަހުގެ 28 ގައި ހުވާކުރި 20 ވަނަ މަޖިލީހަށް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހަކަށްވާތީ ތިން މިނިސްޓަރުންނަށް ވެސް ރުހުން ދޭނެކަން ކަށަވަރުވެއެވެ.
މަޖިލީހުގެ 93 މެމްބަރުންގެ ތެރެއިން 75 މެމްބަރުންނަކީ ޕީއެންސީގެ މެންބަރުންނެވެ.
