ށ.ފުނަދޫ ކައުންސިލުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްއާ ބައްދަލުކުރައްވައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނިގޮތުގައި، މި ބައްދަލުވުމުގައި ފުނަދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ އައިސްޕްލާންޓާއި ފެޑް ސެންޓަރުގެ މަސައްކަތާބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރެއްވިއެވެ.

މީގެ އިތުރުން މަސްވެރިންނަށް ހުރި ފުރުސަތުތަކާއި ފުނަދޫގައި މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުމުގެ ގޮތުން މެރިކަލްޗަރގެ މަސައްކަތް ފެށުމާބެހޭ މަޝްވަރާތައްވެސް ކުރެއްވިއެވެ.

ފިޝަރީޒް މިނިސްޓަރު ގެންދަވަނީ އެކި ރަށްރަށުގެ ކައުންސިލަރުންނާއި ބައްދަލުކުރައްވައި މަސްވެރިންނަށް ބޭނުންވާ އެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވަމުންނެވެ.