ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް މ.އަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިނިސްޓަރު ޝިޔާމް މ.އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި މަސްވެރިކަމުގެ ދާއިރާއިން ރައްޔިތުން ބޭނުންވާ ގިނަ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

އޭގެތެރޭގައި މ.މުލަކުގައި ގާއިމުކުރުމަށް ނިންމަވާފައިވާ މަސްފިނިކުރާ ކާރުޚާނާގެ މަސަައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތާއި މ.އަތޮޅު ސަރަހައްދުގައި ކަނދުފަތި ގާއިމުކުރުމާއި މެރިކަލްޗަރ ފުޅާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި ބައްދަލުވުމުގައި ކައުންސިލުން ވަނީ މަސްކިރުމުގެ ފަސޭހަ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަށާއި މ.އަތޮޅުގައި މަސްކިރާ ބޯޓެއް ބާއްވައިދެއްވުމަށް އެދިފައެވެ.