ސިޔާސީ މަޤާމުތަކުގައި ތިބި މީހުންގެ އަދަދު މަދުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ވުޒާރާތަކުގައި ތިބި ސިޔާސީ މުވައްޒަފުންގެ ތެރެއިން އެކަށީގެންވާ ފެންވަރެއްގައި މަސައްކަތް ނުކުރާ ފަރާތްތަކުގެ ލިސްޓެއް ފޮނުވުމަށް ކޮންމެ ވުޒާރާއަކަށް ރައީސް އޮފީހުން ވަނީ އަންގާފައެވެ.
އަދި ބައެއް ވުޒާރާތަކުން މި ލިސްޓް ރައީސް އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށް މައުލޫމާތުލިބެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން ސިޔާސީ މަޤާމުތަކުގައި ތިބި ފަރާތްތަކަށް ބަދަލު ގެންނަން ވަނީ ފަށާފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ސިޔާސީ މަޤާމުތަކުގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރާނެ ކަމަށް ރިޔާސީ އިންތިޚާބުގެ ތެރޭގައި ފާހަގަ ކޮށްފައިވެއެވެ.
