އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ޕާޓީގެ ކުރީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ނަޝީދު އެމްޑީޕީއަށް ތަހުނިޔާ ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓުގައި ނަޝީދު ވަނީ އެމްޑީޕީގެ މެންބަރުންނާއި ސަޕޯޓަރުންނަށް ތަހުނިޔާ ވިދާޅުވެފައެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީގެ އެންމެ އަސާސީ އެއް އުސޫލަކީ ރައްޔިތުންނަށް ފައިދާހުރި ވެރިކަމެއް ހިންގޭނީ ޕާލަމެންޓްރީ (މަޖިލީހުގެ ވެރިކަން) ނިޒާމަކުން ކަމަށް ދެކޭ ދެކުން ކަމަށާއި ޕާޓީގެ އޮނިގަނޑު ރޭވިފައިވަނީ އެ ހަމައަށް ކަމަށެވެ.
އެހެންކަމުން އެމްޑީޕީ އަދިވެސް އެނބުރެެންވީ އެ މިސްރާބަށް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
