Advertisement
ހައްޖުން އެނބުރި އައި މީހުންނަށް ހާއްސަ ފްލޫ ކްލިނިކެއް ހުޅުވައިފި
މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި އައި މީހުންނަށް ހާއްސަ ފްލޫ ކުލިނިކެއް އައިޖީއެމްއެޗުގައި ހުޅުވައިފިއެވެ.
އައިޖީއެމްއެޗުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ހެނދުނު 8:00 އިން ރޭގަނޑު 8:00އަށް މި ކްލިނިލްކް ހުޅުވިފައި ހުންނާނެ ކަމަށެވެ.
މި ކްލިނިކުން ކޮންމެ ދުވަހަކު ވެސް ލޭ ނަގައި ޓެސްޓުކޮށް ބަލި މީހުންނަށް ފަރުވާދޭނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އައިޖީއެމްއެޗުން ބުނި ގޮތުގައި މި ކްލިނިކް އިންނާނީ އެ ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން ރޫމް ނަންބަރ 10 ގައެވެ.