ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނިހާދު އައްޔަނު ކުރައްވައިފިއެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ނިހާދު އައްޔަންކުރެއްވި ދުވަހެއް ވަނީ ސާފެއް ނޫނެވެ.
ނިހާދު އެ މަގާމަށް އައްޔަންކުރި ނަމަވެސް އެ މައުލޫމާތު ރައީސް އޮފީހުގެ ވެބްސައިޓްގައި އަދި އާންމު ނުކުރައްވައެވެ.
ނިހާދު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެމްޑީޕީ ދޫކުރައްވައި، ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގަތުމަށްފަހު، ނިހާދު ގެންދަވަނީ އެމްޑީޕީގެ ވެރިކަމުގައި އެކި ކަންކަމުގައި ގެންގުޅުނު ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުންނެވެ.

