ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެންވަޔަރްމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމްގެ ބަންދަށް އިތުރު ފަސް ދުވަސް ޖަހައިފިއެވެ.

މި މައްސަލައިގައި ޝަމްނާޒްގެ އިތުރުން އޭނާގެ ކޮއްކޮ، ހައްވާ ސަނާ އަލީ ސަލީމް ވެސް ވަނީ ހައްޔަރު ކޮށްފައެވެ.

ސަނާގެ ބަންދަށް ވެސް އިތުރު ފަސް ދުވަސް ވަނީ ޖަހާފައެވެ.

ޝަމްނާޒް މިހާރު ހުރީ މަގާމުން ސަސްޕެންޑް ކޮށްފަ އެވެ. އަދި އޭނާގެ ކުރީގެ ފިރިމީހާ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒް ވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ.