ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަން ޑްރޯންތަކެއް ޔޫއެންއޯޑީސީން ދިވެހި ސަރުކާރަށް ހަދިޔާކޮށްފިއެވެ.
ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް، ޔޫއެންއޯޑީސީއިން ހަދިޔާކުރި ޑްރޯންތައް ހަވާލުކުރުމަށްޓަކައި ހޯމް މިނިސްޓްރީގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައި، އެކަމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި ޑްރޯންތައް ބޭނުންކުރުމަށް ނިންމާފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތުންގެ މެރިން ޕޮލިސް ޑިވިޝަނުންނެވެ.
ޔޫއެންއޯޑީސީން ހަދިޔާ ކުރީ، ކަނޑާއި ވައިގެ ތެރޭގައި ދުއްވޭ ފަދަ ދެ ޑްރޯންއެވެ. މި ޑްރޯންތައް ބޭނުންކުރަން ހަމަޖެހިފައިވަނީ ޝޯޓް ރޭންޖް އޮޕަރޭޝަންތަކުގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ
ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މި ޑްރޯންތަކާއެކު ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް މެރިން ޕޮލިހުންކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުން ލިބޭނެކަމަށެވެ.
އަދި މި ޑްރޯންތަކާއެކު ކޯސްޓް ގާޑުން ހިންގާ އޮޕަރޭޝަންތަކުގައި މެރިން ޕޮލިހަށްވެސް އެހީތެރިވެވޭނެކަމަށް ވެސް ވިދާޅުވިއެވެ.

