ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ލޮބުވެތި މަންމާފުޅު މުއުމިނާ ހުސައިންފުޅު އަވަހާރަވުމާ ގުޅިގެން އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެ މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓްގައި އެމަނިކުފާނު ވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ލޮބުވެތި މަންމާފުޅު މުއުމިނާ ހުސައިންފުޅު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާކަން ފާހަގަކުރައްވައި އެމަނިކުފާނުގެ ޢާއިލާއަށް ހިތުގެ އިހްލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވާކަމުގައި ވިދާޅުވެފައެވެ.

ރައީސް ސޯލިހުގެ މަންމާފުޅު

 

ހަމައެއާއެކު، އެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ދަންނަވައި، ‏މާތް ރަސްކަލާނގެ ތަނަވަސްވެގެންވާ ރަޙްމަތާއި ރުހިވޮޑިގަތުމާއި މަޣްފިރަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުހޫމާ ލެހެއްޓެވުމަށްއެދި ރައީސުލްޖުމްހޫރިއްޔާ ދުއާ ދަންނަވާފައިވެއެވެ.