މާލޭގައި ހިންގަމުން އަންނަ ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގައި ދިވެއްސަކު މިއަދު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިދިޔަ އަންގާރަ ދުވަހުގެރޭ ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ 48 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ރޭ 4:32 ހާއިރު ވެސް ކޭއެފްސީގެ ބިއްލޫރިގަނޑެއް ތަޅާލައިގެން ރިޕޯޓުކޮށްފައިވެއެވެ.
އަމީނީ މަގު ފުރުގާން މިސްކިތް ކުރިމަތީގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލި އެ މައްސަލައިގައި އަދި މީހަކު ހައްޔަރެއް ނުކުރެއެވެ.


މިހާހިސާބަށް ދިއުމުގެ ކުރިން ކޭ އެފްސީ މިގައުގައި ހިންގަން ފުރުސަތު ދިނުމާމެދު ސަރުކާރުން ވިސްނާ ފިޔަވަޅު އެޅިނަމަ ކޭ އެފްސީއަކީ ފަލަސްތީނުގެ މުސްލިމުން މަރާ ހުސްކުރަމުންދާ ޒައިނިސްޓް ޔަހޫދީންނަށް ފަންޑު ކުރެވޭ ގޮތަށް ހިންގާބަޔެއް އެއްމުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެއް