އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(‏އެމްޑީޕީ) ‏އިން ގަރުދިޔަ އާއި ބަތް ކެއުމުގެ ހާއްސަ ހަރަކާތެއް ބާއްވައިފިއެވެ.

އެ ޕާޓީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި ހަރަކާތް އޮތީ، ރޭ  ޗާނދަނީ މަގުގައި ހުންނަ ދަނޑިކޮށި ޖަގަހައިގައެވެ. މި ހަރަކާތަށް އެ ޕާޓީން ދީފައިވާ ނަމަކީ ”ދިވެހީންގެ ފަހުރުވެރި ގަރުދިޔަ ކާލަން އާދޭ“އެވެ.

މި ހަރަކާތުގެ ވީޑިއޯއެއް މީސްމީޑިއާގައި އާއްމުކޮށްފައިވާއިރު، މާ ގިނަ ބަޔަކު އެމްޑީޕީއާއެކު ގަރުދިޔަ ކެއުމުގައި ބައިވެރި ނުވާކަން އެނގެއެވެ. ވީޑިއޯ އިން ފެނިގެން ދިޔައީ އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރަމުން އަންނަ މެމްބަރުންތަކެކެވެ.

އެމްޑީޕީން ސަޕޯޓަރުންނާއެކު ގަރުދިޔަ ކެއުމުގެ ހަރަކާތެއް ބާއްވާފައި މިވަނީ، ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ މި ދަނޑިވަޅުގައި، އަބަދު ޓޭކްއަވޭ ހެދުން ހުއްޓާލައި، ”އަޅުގަނޑުމެން ގަރުދިޔައާއި ބަތަށް ތިރިވެލަންޖެހޭ“ ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރު އަލީ އާރިފު ވިދާޅުވެފައިވަނިކޮށެވެ.

 

ެ