ހުޅުމާލޭގެ ބަހުގެ ހިދުމަތުގައި ހިމެނޭ ބައެއް ރޫޓުތަކަށް ބަދަލު ގެނެސްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، މި ބަދަލު ގެންނަން ނިންމީ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގެ ޓްރެފިކް ފްލޯ ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގު އެއްކޮޅަށް ދުއްވޭ މަގަކަށް ބަދަލުކުރަން ނިންމުމުން ކަމަށެވެ.

މި ނިންމުން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނު ކުރީ އިއްޔެއެވެ.

އެކަމާއި ގުޅިގެން މިއަދުން ފެށިގެން ހުޅުމާލެ ބަހުގެ ހިދުމަތުގައި ހިމެނޭ ހަތަރު ރޫޓަކަށް ބަދަލު ގެނެސްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ބަދަލު ގެނައި ރޫޓާއި ބަސް ނަންބަރު:

  • އާރު 2 – މާލެ (ކާނިވަލް) – ހުޅުމާލެ ފޭސް އެެކެއް
  • އާރު 7- ހުޅުމާލެ ފޭސް ދޭއް – މާލެ (ވެސްޓް ޕާކް)
  • އާރު 8- ހުޅުމާލެ ފޭސް ދޭއް – މާލެ (ކާނިވަލް)
  • އާރު 9- ހުޅުމާލެ ފޭސް ދޭއް – ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް

އެ ބަސް ރޫޓުތަކާ އިތުރު މައުލޫމާތު އެމްޓީސީސީގެ ހޮޓްލައިން ނަމްބަރު 1650 އާ ގުޅާލުމުން ލިބޭނެއެވެ.