އުތުރާއި މެދުތެރޭގެ ބައެއް އަތޮޅުތަކަށް މަސްވެރިކަން ރަނގަޅުވެފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޑެޓް، މިފްކޯއިން މިއަދު ބުނެފިއެވެ.

މިގޮތުން އެންމެ ގިނައިން މަސް ބާނަމުންދަނީ މާލެ ސަރަހައްދާއި މ. އަތޮޅުގައިކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

އެ ކުންފުނިން މައުލޫމާތު ދޭގޮތުގައިބމަސްވެރިކަން ރަނގަޅުވުމާއި ގުޅިގެން މާލެ ސަރަހައްދުގައި މަސް ކިރުވުމަށް ”ރަންދި 20“ ބޯޓު ވިލިމާލެ ސަރަހައްދުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

އެ ބޯޓަކީ 27.5 ޓަނުގެ މަސް ފިނިކޮށް ރައްކާކުރުމުގެ ގާބިލްކަން ހުރި އުޅަނދެކެވެ.

އިއްޔެ މ. އަތޮޅުން 27.4 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވާކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. މ. އަތޮޅުގެ މަސްވެރިކަން ރަނގަޅުވުމާއި ގުޅިގެން އެ ސަރަހައްދުން މަސް ކިރުވުމަށް މަހާ ކަލަމިންޖާ މިހާރު ފޮނުވާފައިވާކަމަށް ވެސް މިފްކޯއިން ވަނީ ބުނެފައެވެ.