ރަސްމީ ދަތުރެއްގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު މަރިޔަމް މާރިޔާ ތުރުކީއަށް ވަޑައިގެންފިއެވެ.
އެކަމަނާގެ ދަތުރުފުޅުގައި ޑެޕިއުޓީ މިނިސްޓަރު އައިމިނަތު ޝަޝީ ވެސް ބައިވެރިވަޑައިގެންނެވިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއީ ތުރުކީން ދިން ދައުވަތަަކަށް ކުރައްވާ ދަތުރެއް ކަމަށެވެ.
މިނިސްޓަރުގެ މިދަތުރުގައި ތުރުކީގެ ބައެއް ޔުނިވާސިޓީތަކަށް ޒިޔާރަތް ކުރައްވައި، އެ ޔުނިވާސިޓީތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާނެއެވެ.
ޑރ. މާރިޔާ މިއަދު ވަނީ އޯއެސްޓީއެމް ޓެކްނިކަލް ޔުނިވަސިޓީއަށް ޒިޔާރަތް ކުރައްވާ، އެ ޔުނިވާސިޓީގެ ޗެއާމަން އޮރްހާން އައިޑިންއާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުމުގައި މިިނިސްޓަރު ވަނީ ތައުލީމީ ގޮތުން ރާއްޖެއަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން މަޝްވަރާތަކެއް ކުރައްވާފައިވެއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި މިނިސްޓަރު މާރިޔާ ތުރުކީގެ މިނިސްޓްރީ އޮފް އިންޑަސްޓްރީ އެންޑް ޓެކްނޮލޮޖީގެ ދަށުން މަސައްކަތްކުރާ ކޭއޯއެސްޖީއީބީ، މިނިސްޓްރީ އޮފް ކަލްޗަ އެންޑް ޓުއަރިޒަމް، އައުންސިލް އޮފް ހަޔަ އެޑިއުކޭޝަން، އޯއެސްއައިޓީއެމް އަދި އަންކާރާ ޔުނިވާސިޓީގެ އިސްބޭފުޅުންނާ ވެސް ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

