ވޭތުވެދިޔަ 24 ގަޑިއިރު ހއ. ކެލާއަށް ރެކޯޑު އަދަދަކަށް ވާރޭ ވެހިފައިވާ ކަމަށެވެ.

އެ ރަށަށް 231.5 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނީ ހދ. ހަނިމާދޫ އަށެވެ. އެރަށަށް 177.5 މިލިމީޓަރުގެ ވާރޭ ވެހުނެވެ.

ރ.އިފުރަށް 102 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. އޭގެ އިތުރުން، ވިލާގަނޑުގައި އެންމެ ވައި ގަދަވެފައިވާކަމަށް ރެކޯޑު ކުރެވިފައި ވަނީ ވެސް އިއްޔެއެވެ.

އެއީ ގަޑިއަކު 46 މޭލަށް ފ.ނިލަންދޫ އޮޓޮމެޓިކް ވެދާ ސްޓޭޝަނުން ކަމަށް މެޓް އޮފީހުން ބުނެއެވެ.

މި ހަފްތާގައި ރާއްޖޭގެ އެކި ހިސާބަށް ވާރޭ ވެހުމާއިއެކު، ގުގުރާނެ ކަމަށް މެޓުން ވަނީ ލަފާ ކޮށްފައެވެ.

އަދި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ކަނޑުތައް ގަދަވާނެ ކަމަށާއި، ވިލާގަނޑުގައި ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުނެއެވެ.