މާލޭ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ވަޖީހު ނަސީރު މަގާމުން ވަކިކުރަން ފާސްކޮށްފިއެވެ.

ވަޖީހު މަގާމުން ވަކިކުރަން މިއަދު ބޭއްވި ކައުންސިލް ޖަލްސާއަށް ހުށަހެޅުއްވީ މޭލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝްއެވެ.

ވަޖީހު މަގާމުން ވަކިކުރަން ފެނޭތޯ ބަލަން ނެގި ވޯޓުގައި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހާއި މައްޗަންގޮޅި ދެކުނު ދާއިރާގެ ކައުންސިލަރު އައިޝަތު ނާޒިމާ ބައިވެރިވެވަޑައިގެންފައެއްނުވެއެވެ.

ކައުންސިލް ބައްދަލުވުމުގައި ނަރީޝް ވިދާޅުވީ ވަޖީހު މަގާމުން ވަކިކުރަން ހުށަހެޅީ ގާނޫނީ ޒިންމާ އަދާނުކުރެވޭތީ ކަމަށާއި، ފިޔަވަޅު އަޅަންޖެހޭ މުވައްޒަފުންނަށް އޭނާ ފިޔަވަޅު ނާޅާ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން އެކި ފަރާތްތަކަށް ދޭންޖެހޭ ފައިސާ ހޯދުމަށް އެ ފަރާތްތަކުން ހުށަހަޅާފައިވާ ބިލްތަކަށް ވެސް އޭނާ ފައިސާ ދޫނުކުރާ ކަމަށް ވެސް ނަރީޝް ވިދާޅުވިއެވެ.