ބޭނުންވާ ތަކެތި

1 ޕާން

މޮޒޮރެއްލާ

ސޮސެޖް

ޓޮމާޓޯ ސޯސް

ފިޔާ، ޕެޕާސް

ހަދާނެގޮތް

އެންމެ ފުރަތަމަ ބްރެޑް މެދުން ފަޅާލުމަށްފަހު، އޭގެ އެތެރެގަނޑު ރީތިކޮށް ނަގާށެވެ. އެއަށްފަހު އޭގައި ޓޮމާޓޯ ސޯސް ހޭކުމަށްފަހު ސޯސް މަތިން މޮޒޮރެއްލާ އަޅާލާށެވެ.

އަދި ފިޔާ، ޕެފާސް އެޅުމަށްފަހު އޭގެ މަތިން ސޮސެޖްތައް އަތުރާށެވެ.

ސޮސެޖް މަތިން އަނެއްކާވެސް ސޮސެޖުތައް އެއްކޮށް ފޮރުވޭވަރަށް ޓޮމާޓޯ ސޯސް އާއި މޮޒޮރެއްލާ އަޅާށެވެ.

އެއަށްފަހު ބްރެޑްގެ އަނެއްފަޅި މަތިން ޖެހުމަށްފަހު މަތީގައި މޮޒޮރެއްލާ އާއި ސޮސެޖު އަތުރާށެވެ.

އެއަށްފަހު 30 މިނެޓް ވަންދެން 175 ސެލްސިއަސް ގައި ފިހާށެވެ. ބްރެޑްގެ ބަދަލުގައި ޕާންވެސް ބޭނުން ކުރެވިދާނެއެވެ.