މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް (އެމްޓީޑީސީ)ގެ ޗެއާމަންކަމުގެ މަގާމަށް ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއްގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ އަހްމަދު ޝަހީރު އައްޔަނު ކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން މިއަދު ބުނީ އެމްޓީޑީސީގެ ޗެއާމަންކަމުގެ މަގާމަށާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މ. ލާލުބާޣު، އަހްމަދު ޝަހީރު އައްޔަންކޮށްފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ޝަހީރު އެންމެ ފަހުން ހުންނެވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމުގައެވެ.

ޝަހީރު އެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

އެކަމަކު އެމްޓީޑީސީގެ ޗެއާމަންގެ މަގާމަށް އައްޔަންކުރަންވެގެން މިދިޔަ ބުރާސްފަތި ދުވަހު ޝަހީރު ވަނީ އެޗްޑީސީގެ ޗެއާމަންގެ މަގާމުން ވަކިކުރައްވާފައެވެ.

ޝަހީރު ވަނީ ފެނަކައިގެ ޗެއާމަންކަންވެސް މީގެކުރިން ކުރައްވާފައެވެ.