އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ހާފިޒުކަމުގެ ސަނަދު އަލަށް ހާސިލު ކުރި އުމުރުން 16 އަހަރުގެ އަލްޙާފިޡާ ފާޠިމަތު ފަރްހާ ފަރުހާދު (އިރުވައިގެ، ތ. ތިމަރަފުށިއާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު އިސްލާމިކް މިނިސްޓްރީގައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ވަނީ އަލްޙާފިޡާ ފާޠިމަތު ފަރްހާ ފަރުހާދު ހޯއްދެވި ފުރިހަމަ ކާމިޔާބީއަށް މަރުޙަބާ ދަންނަވާ ކީރިތި ޤުރުއާނުގެ ރޮނގުން ކުރިއަށް ދިއުމަށް ނަސޭޙަތްތެރިވެލައްވާ ހިއްވަރު ދެއްވާފައެވެ.

އަލްޙާފިޡާ ފާޠިމަތު ފަރްހާ ފަރުހާދު ޙާފިޡުކަމުގެ ސަނަދު ހާސިލްކުރީ 1 ސެޕްޓެމްބަރ 2026 ގައެވެ.